ކަތުރު ފަނީގެ މައްސަލަ މިހާރު ކޮންމެވެސް ވަރަކަށްވަނީ ހައްލުކުރެވިފަ: ހެރިޓޭޖް
ހުކުރު މިސްކިތުގެ ކަތުރު ފަނީގެ މައްސަލަ މިހާރު ކޮންމެވެސް ވަރަކަށް ހައްލުކުރެވިފައިވާކަމަށް ޑިފާންޓްމަންޓް އޮފް ހެރިޓޭޖުން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ރިސާރޖް އޮފިސަރ އިސްމާއިލް އަޝްރަފު ވިދާޅުވީ، ހުކުރު މިސްކިތުގެ ކަތުރުފަނީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެގޮތުން 2016ވަނަ އަހަރު އެ މިސްކިތާއި، މިސްކިތް ވަށައިގެންވާ ސަރައްހައްދަށް ކެމިކަލް ޓްރީޓްމަންޓް ދެވިފައިވާކަމަށާއި، އޭގެ ފަހުންވެސް ކަތުރު ފަނީގެ މައްސަލަ ބޮޑުވާ ދުވަސްވަރު އެ ޓްރީޓްމަންޓްދެވޭކަމަށް އެނާ ވިދާޅުވިއެވެ.
އަޝްރަފު ވިދާޅުވީ ހޮސްޕޓަލުންގެ މަތިވަޑާންގަނޑު ބާ ވެފައި ވުމުގެ ސަބަބުން މިސްކިތުގެ ލާގެ މަޑުމަޑުން ތިރިވަމުން އަންނަ ކަމަށާއި، އެކަންތައްތައް ހައްލުކުރުމަށް ދަނގަޑު ހޮޅިތަކެއް ޖަހާ ހޮޅިތައް ވަށައިގެން ފިލާ ޖަހާފައިވާކަމަށް އޭނާ ވިދާޅުވެއެވެ.

އޭގެ އިތުރުންވެސް މިސްކިތަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމާށާއި، އެ މަސައްކަތައް ބޭރުގެ ކޮންސަލްޓަންޓުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އަޝްރަފު ފާހަގަކުރިއެވެ.

ހުކުރު މިސްކިތުގައި ކަތުރުފަނި އަޅާ މައްސަލަ ދޭތެރެ ދޭތެރެއިން ބޮޑުވާއިރު، އެތަން ބަލަހައްޓަން ޖެހޭ ވަރަށް ނުބަލަހައްޓާ ކަމުގެ ޝަކުވާ އާންމު ފަރާތްކަކުން ދޭތެރެއިން ކުރާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް