ފައްޔާޒްގެ ވިސްނުން ރާއްޖެއިން ހިމާރު އެކްސްޕޯޓް ކުރުމަށް؟
ރާއްޖޭގައި ހިމާރު ގެންގުޅުމަށްފަހު ޗައިނާއަށް ވިއްކިދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް 2016ވަނަ އަހަރު ކުރެއްވި ޓްވީޓަކަށް ގިނަބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް ފައްޔާޒް ކުރެއްވި މި ޓްވީޓް، ކުއޯޓް ޓްވީޓްކުރުމަށްފަހު ރައީސް ޔާމީނަށް ތާއިދުކުރާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޒާން ކުރި ޓްވީޓަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
އަޒާން ވަނީ ފައްޔާޒަކީ މިހާރު އިކޮނޮމިކް މިނިސްޓަރކަމުން ހިމާރު ގެންގުޅެން ފަށަންވީނޫންތޯ ސުވާލު އުފައްދައި، ހިމާރުތަކެއް ރައީސް އޮފީހާއި މަޖިލީހުން ފެންނާނެކަމަށް ބުނެފައެވެ.
Actually this may not be a bad idea. Will have to check on the cost of rearing a donkey and market price. Perhaps you could help in this? https://t.co/erGFs4eP6f
— Fayyaz Ismail (@faya_i) September 27, 2019
މީގެ ޖަވާބުގައި މިނިސްޓަރ ފައްޔާޒް ވަނީ އެއީ ގޯސް ޚިޔާލެއް ނޫންކަމަށް ވިދާޅުވެ، އެކަން ކުރުމުގައި އަޒާން އެހީވާންވީ ނޫންތޯ ސުވާލުއަހާފައެވެ. އަދި ހިމާރު ގެންގުޅުމުގެ އަގާއި ބާޒާރުގައި ވިކޭނެއަގަކީ ކޮބައިތޯވެސް އަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް