އަދަދުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަދަދު ނޫސް ހިންގާ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފި އެވެ.
އެ އޮފީހަށް ފުލުހުން ވަދެފައި މިވަނީ އެ ނޫހުން ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތެއް ކޮށް ޑޮކިއުމަންޓްރީއެއް ހެދި މައްސަލާގައި އޭގައިވާ ހުރިހާ ވާހަކަތަކެއް ދޮގުކޮށް އެ ދޮގު ފެތުރި އެންމެންގެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
ފުލުހުން ދެންމެ ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ދަނީ ބަލައި ފާސް ކުރަމުންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް