ކޮންމެ ސަރުކާރެއް އޮތަސް ޗައިނާގެ ސަރުކާރުގެ އެހީތެެރިކަން ރާއްޖޭގެ ތަރައްގީއަށް ލިބޭނެ: ޝާހިދު
ދިވެހިރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތްކަމުގައިވިޔަސް، ރާއްޖޭގެ ތަރައްގީއަށް ޗައިނާގެ ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޚާރިޖީ ވަޒީރާއި އެކު ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެެ މެދުގައި އޮތް ގުޅުމެއްކަމަށް އެބޭފުޅާ ޔަގީންކޮށްދެއްވިކަމަށެެވެ.
އަދި ކޮންމެ ސަރުކާރެއް އޮތްކަމުގައިވިޔަސް، ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ފައިދާއަށްކުރާ ކޮންމެ ކަމަކަށް ހިފެހެއްޓުމެއްނެތި ލިބެމުންދާނެކަމަށް ވިދާޅުވިކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަކީ މީގެ ކުރިން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދީފައިވާ ބަޔަކަށްވާތީ، ޗައިނާއާއި މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާ ލޯބި މަތިވެރިވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް