ރައީސް ޑރ.މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު، މޯދީއާ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ.މުއިއްޒު، މޯދީއާ ބައްދަލުކުރައްވާފައިވަނީ، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުކަމަށްވާ ހައިދަރުއާބާދު ހައުސްގައެވެ.
ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ކުރިއަރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ފާހަގަކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ރަސްމީ ވާހަކަތައް ފަށާފައިވާއިރު، ދެ ޤައުމުގެ ވެރިން ގުޅިގެން ބަޔާނެއް ދެއްވުން އޮންނާނެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފަށާފައިވަނީ އިއްޔެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް