ގެއިން ފެނުނު ފޮތްތަކުގެ މައްސަލައިގައި ބަންދުކުރި މީހުންގެ މުއްދަތު އިތުރުކޮށްފި
ކިޔަވާ ކުއްޖަކު ގެންގުޅުނު އައިއެސް ޖަމާއަތާއި ބެހޭ ފޮތެއްގެ މައްސަލައިގައި ހައްޔަރުކުރި، ދެމީހުންގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހައިފިއެވެ.
މިއަދު މިފަރާތްތައް ކޯޓަށް ހާޒިރުވުމުން މުއްދަތު އިތުުރުކުރީ އިންޓެލިޖެންސް ކްލިއަރިންގް ނުލިބޭކަމަށް ބުނެއެވެ.
ކޮލަމްބޯގެ ސަރަަހައްދަކުން ގެންދެވުނު ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ އެގޭ ބަލާފާސްކުރިއިރު، އެގޭގައި ދިރިއުޅޭ އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވާ ދަރިވަރަކު ކިޔަން ގެންގުޅުނު އައިއެސް ޖަމާއަތާއި ބެހޭ ފޮތެއް ފެނިގެންެނެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރު މިވަގުތު ހުރީ ޗުއްޓީ ދަތުރެއްގައި މާލޭގައެވެ. ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވަނީ އެކުއްޖާގެ ބޭބެއެކެވެ.
މީގެ އިތުރުން އެގެއިން ވަނީ ބޭސްފަރުވާއަށް ގޮސްފައިވާ ހުރި މީހަކުވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެ މީހަކީ އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ފުނަމާއެވެ. ފުނަމާއަކީ އާންމުގޮތެއްގައި ބޭސްފަރުވާއަށް ލަންކާއަށް ގޮސް، އެގޭގައި ހުންނަ މީޙެކެވެ.
މިފޮތަކީ ޖޯބީ ވޮރިކް ނަމަކަށް ކިޔާ ފަރާތަކުން ލިޔުނު، ބްލެކް ފްލެގްސް: ދަ ރައިސް އޮފް އައިސިސް ކިޔާ ފޮތެކެވެ. މި ފޮތަކީ ސްރީލަންކާގެ ބުކްޝޮޕަކުން އެ ދަރިވަރު ގަތް ފޮތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް