ސަސްޕެންޑްކުރި ކައުންސިލަރުންނަށް ގެއްލުނު މުސާރަދެނީ
ނިމިދިޔަ ސަރުކާރުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ސަސްެޕެންޑްކުރި ކައުންސިލަރުންނަށް އެ މުއްދަތުގައި ނުދީ ހިފަަހައްޓާފައިވާ މުސާރަ ދޫކުރުމަށް އެލްޖީއޭއިން ނިންމައިފިއެވެ.
މިކަން ވަނީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
ޝައިޚް އިމްރާން ވިދާޅުވީ ކައުންސިލަރުންނަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދީ، ހައްގުތައް އިޔާދަކުރުމަށް މިއަދު ނިންމިކަމީ ވަރަށް އުފާކުރައްވާ ކަމެއްކަމަށެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމަށް ރައީސް ސޯލިހުގެ ސަރުކާރުން އިސްކަންދޭކަމުގެ ހެއްކެއްކަމަށް އެބޭފުޅާ ވިދާޅުވިއެެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ އެންމެ ކައުންސިލަރެއް ފިޔަވައި ދެން ސަސްޕެންޑްކުރި ހުރިހާ ކައުންސިލަރުންގެވެސް ސަސްޕެންޝަންގެ މުއްދަތުގައި ލިބެންޖެހޭ މުސާރަ އަނބުރާ ދިނުމަށް އެލްޖީއޭއިން ނިންމާފައިވާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް