ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ތިން ދުވަހު އުޅުނުތަނެއް ނުބުނޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޅ.ނައިފަރުން ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ އެރަށު ސީނިޔާގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެވެ. ފުލުހުން ބުނީ ޚަދީޖަތު، ނައިފަރުގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.
ފޮޓޯއާ ވަނަވަރު ހާމަކޮށް ޚަދީޖަތު ހޯދަމުންދާކަން އިއުލާނުކުރީ ހަބަރެއް ނުވެ އެހާ ދުވަސް ވުމުންނެވެ.
ނަމަވެސް ފުލުހުން ދެންމެ ބުނީ އޭނާ ނައިފަރު މަގެއްމަތީން ފެނިފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް ވެެސް ބުންޏެވެ.
އިތުރު ތަފްސީލެއް ނުދޭތީ މިދިޔަ ތިން ދުވަހު އުޅުނުތަނެއް ނޭންގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް