ކުޅުދުއްފުށީ ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ޕޯސްޓުމޯޓަމަށްފަހު މާލެ ގެނެސްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މި މަހުގެ 11 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މުހައްމަދު ހަސަންގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މަރުވެފައިވާ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެވުނީ މިމަހު 11 ވަނަ ދުވަހު ހެނދުނު 8:38 ގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑުގައި ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށްވެސް ހޮސްޕިޓަލުން އޭރު ބުނެފައިވެއެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑު މާލެ ގެނަ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް މަރާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް