އަމާން އުދަރެސް ތިންވަނަ ފަންގިލާއިން ކުއްޖަކު ވެއްޓިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:35 އެހައިކަންހާއިރު ކަމަށެވެ.
އަދި ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާ، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް