މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނެފައިވަނީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
ޝާހިދު ވިދާޅުވީ މާލޭގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެވެން އޮތީ އެ ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްގެން ކަމަށާއި އެކަމަށް ބޭނުންވާ ޖާގަ އެ ބަނދަރުގައި އެބައޮތް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާ އިރު ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ ބަނދަރު ބޭނުންކުރުމަށް ފެށިގެންދާނެކަމަށެވެ
އަދި އެ ބަނދަރު ބޭނުންކުރަން ފެށުމުގެ ކުރިން މިހާރުގެ ބަނދަރުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިކުއިޕްމަންޓްތަކެއް ގަންނާނެކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް