ދިވެހިންވަނީ ޚުުދުމުޚުތާރުކަމަށް ނޫނެކޭ ބުނެފައި: ޝާހިދު
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހިން ވަނީ ޚުދުމުޚުތާރުކަމަށް ނޫނެކޭ ބުނެފައިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ޖެނީވާގައި އޮތް ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ދިވެހިން ވަނީ ޚުދުމުޚުތާރުކަމަށް ނޫނެކޭ ބުނެ، ޑިމޮކްރަސީގެ އުސޫލުތަކަށާއި، އަސާސީ އިންސާނީ ހައްގުތަކަށާއި އެއްވެ އުޅުމާާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އާނބަސް ބުނެފައިކަމަށެވެ. އެމަނިކުފާނު ދެއްެކެވި ވާހަކަފުޅުގައި ވަނީ އިންސާނީ ހައްގުތަކަކީ ދިރިއުޅުމުގެ އަސާސެއްގެ ގޮތުގައި ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންނަވަމުންދާ ބަދަލުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ އިސްނެންގެވުމަށް އަބުރުގެ ގާނޫނު އުވާާލެއްވިކަން ފާހަގަކުރައްވައި، ނިމިދިޔަ ސަރުކާރުގައި ހިނގައިދިޔަ ދެ ހާދިސާކަމުގައިވާ ބްްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާާންގެ މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނެއް އުފައްދާފައިވާކަން ބަޔާންކުރައްވާފައެވެ.
މިއަދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅަށް އަޑުއުފުއްލަވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެބައިމީހުންގެ އަމިއްލަ ގައުމެއް ލިބިގެންވާކަމަށް ވިދާޅުވެފައެވެ.
އަދި މިސަރުކާރުން ޑިމޮކްރަސީ ދަމަހައްޓައި، އިންސާނީ ހައްގުތައް ނަގަހައްޓައި ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް