އާދީއްތަ އަދި ބުރާސްފަތި ދުވަހުވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލްތަކުގެ މަސައްކަތް އަވަސްކުރުމަށް އަންނަ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހުގައިވެސް ޖަލްސާ ބޭއްވުމަށް ނިންމައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ. އެގޮތުން ތިން ބިލަކާއި ދެ ގަރާރެއްގެ އިތުރަށް ކޮމިޓީތަކުން އައި ދެ ރިޕޯޓެއް ނިންމަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
އަދި ސަރުކާރުން ފޮނުވި ހަ ބިލެއްގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ ހަ ބިލު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމައި ތަސްދީގު ކުރުމަށް ފޮނުވޭ މިންވަރަށް މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް