ޖަމްއިއްޔާ އުވާލަން ނިންމި ނިންމުން ބާތިލްކުރަން ގޮވާލަން: އެމްޑީއެން
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް އެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމްއިއްޔާއިން މިހެން ބުނެފައިވަނީ ކުރި ޓްވީޓްތަކެއްގައެވެ.
އެމްޑީއެންއިން ބުނީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ގާނޫނުގެ ޕޮއިންޓްތައް އެންގުމަކާއި ނުލައި، ޔޫތު މިނިސްޓްރީއާއި ޖަމްއިއްޔާތަކުގެ ރެޖިސްޓްރާގެ ފަރާތުން އެ ޖަމްއިއްޔާ އުވާލުމަށް ގާނޫނާއި ޚިލާފަށް ނިންމި ނިންމުމާއި މެދު ހިތާމަކުރާކަަމަށެވެ.
އެމްޑީއެންއިން ބުނީ ރައީސް ޞާލިހުގެ ސަރުކާރުން އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ވައުދުވީ އިރު، ފުރަތަމަ އަހަރު ނުނިމެނީސްވެސް މިިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަމްެއިއްޔާއެއް އުވާލިކަމުގެ ރެކޯޑް ފުރަތަމަ ފަހަރަށް ހޯދާފައިވާ ކަަމަށެވެ.
އެ ޖަމްެއިއްޔާއިން ވަނީ އެފަރާތް އުވާލުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސް، ފުރިހަމަ އިޖުރާއަތްތަކާއި ތަހުގީގަކަށް ފަހު ފިޔަވަޅު އަޅަންޖެހޭނަމަ އެޅުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް