އެމްޑީއެންގެ މައްސަލައިގައި މީހުން ހާާޒިރުކުރުމަށް މިދަނީ މަސައްކަތްކުރަމުން: ފުލުހުން
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓާއި ގުޅިގެން ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެމްޑީއެންގެ މައްސަލައިގައި ތަހުގީގަށް ހާާޒިރުކުރަންޖެހޭ ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކަށް ޗިޓް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ޗިޓު ފޮނުވި ފަރާތްތަކުގެ ނަމާއި އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ރިޕޯޓު އެކުލަވާލުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ގިނަބަޔަކު ތުހުމަތުކުރާ އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ދިރިއުޅެމުން ގެންދަނީ ރާއްޖެއިން ބޭރުގައެވެ.
އެހެންކަމުން މި މައްސަލައިގައި ޝަހިންދާއަށް ޗިޓު ހަވާލުކުރިތޯ ގިނަބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް