ކުޅުދުއްފުށީ އަލަށްހެދި ޓާފް ދަނޑުގައި ރޯވެއްޖެ
ހދ. ކުޅުދުއްފުށި އަލަށް ހެދި ޓާފު ދަނޑުގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ޓާފު ދަނޑުގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:59 ގައި ކަމަށާއި ރޯވި އަލިފާން ގަނޑު ކުޅުދުއްފުށި ފަޔާ ސްޓޭޝަނުގެ ސިފައިން ނިއްވައިލާފައިވާކަމަށެވެ.
އަލިފާން ނިއްވައިލާފައިވަނީ މިރޭ 8:10 ހާއިރު ކަމަށާއި އެހާދިސާގައި ދަނޑަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯކޮށްލައިފައިވަނީ، ކުޅުދުއްފުށީ ސުޓޭޑިއަމްގައި އަލަށް ހަދަމުންދާ ޓާފް ދަނޑުގައެވެ. އެކަށީގެންވާ ވަރަށް ދަނޑަށް ރަބަރު އަޅާފައި ނުވާތީވެ މިދަނޑުގެ ބޭނުން އަދި ކުރަމުން ނުދާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކުޅިދުފުށި ކައުންސިލަރަކާއި ހަވަލާދީ ކުޅުދުފުށި އޮންލައިން ނޫހުން ބުނެފައިވާގޮތުގައި ބޮޑަށް ބެލެވެނީ ބަޔަކު ރޯކޮށްލި ކަމަށާއި މިއީ ރޯވި އެވަގުތަކީ އާންމުކޮށް ސްޓޭޑިއަމްގެ އެކި ބޭނުންތަކަށް ގިނަ ބަޔަކު އެތަނުގައި ހަރަކާތްތެރިވި ވަގުތެއް ކަން ފާހަގަކޮށްފައިވެއެވެ.
ދާދިފަހުން ހއ. ދިއްދޫގެ ޓާފް ދަނަޑަކަށްވެސް ވަނީ ކުޅެމުންދިޔަ މެޗެއް ހޫނުވެ ބަޔަކު މީހުން ގެއްލުންތަކެއް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް