އޭޑީކޭގެ ޚިދުމަތްތަކުގެ އަގުބޮޑު ކުރަނީ
އަންނަ މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި ދެމުންދާ ބައެއް ޚިދުމަތްތަކުގެ އަގުތައް ބޮޑުކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ ހޮސްޕިޓަލުންވަނީ ބަޔާނެއް ނެރެފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދެއްކުމުގެ ފީ 2008ވަނަ އަހަރުން ފެށިގެން އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، އެހެނިހެން ޚިދުމަތްތަކުގެ ފީ2012 ވަނަ އަހަރުން ފެށިގެން އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ.
ނަަމަވެސް އެ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްގެ ހަރަދުތައް ބޮޑު އިންސައްތައަކުން އިތުރުވެފައިވާތީ، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގަށް ބަދަލުގެނެސްގެން މެނުވީ މާލީގޮތުން ދެކޮޅު ނުޖެއްސޭނެތީ ބައެއް ޚިދުމަތްތަކުގެ އަގުބޮޑުކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ފީއާއި، އެނދުގެ އަގާއި، ބައެއް އޮޕަރޭޝަންތަކުގެ ފީ އަގުބޮޑުކުރުމަށް ނިންމާފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް