ބެންގަލޫރު ޔުނިވަރސިޓީއަކުން ފަހުުރުވެރި އެއްވަނަ ދިވެހި ދަރިވަރަކަށް!
އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާސިޓީން މާސްޓާޒް އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ކިޔެވި ދިވެހި ދަރިވަރަކަށް އެއްވަނަ އަދި ރަން މެޑަލް ލިބިއްޖެއެވެ.
މައުމޫން ފައުންޑޭޝަނުގެ ފަރާތުން ލިބުނު ސްކޮލަރޝިޕެއްގައި ގާޑެން ޔުނިވަސީޓީގައި ތައުލީމު ހާސިލު ކުރި އައިޝަތް ޒިލްމާ، 28 ކޯހުން އެއްވަނަ އަދި ރަންމެޑަލް ހޯދުމުން، މައުމޫން ފައުންޑޭޝަނުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އާލަ ބުނީ އޭނާއަށް ލިބުނު ރަން ވަނައާއެކު އޭނާއަށް ރާއްޖެއިން ބޭރުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބެމުން އަންނަ ކަމަށެވެ.
އާލަ ވަނީ އޭލެވަލް ނިންމުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަދި އޭވިއޭޝަން ދާއިރާގައިވެސް މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ 2013 ވަނަ އަހަރު ވަނަ އަހަރު ޓޫރިޒަމް އެންޑް ރެކްރިއޭޝަން ދާއިރާއިން މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް