އަކާލާ ރެސްޓޯރެންޓްގައި މިރޭ ބާއްވާ ޝޯގައި މާއިޝް!
މާލޭގެ އަކާލާ ރެސްޓޯރެންޓްގައި މިރޭ ބާާއްވާ ޝޯވްއެއްގައި މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ މާއިޝް ޕާރފޯމްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންއިން އާންމުންނަށް ފެނިގެންދިޔަ މާއިޝްއާއި އެކު އެހެނިހެން ފަންނާނުންވެސް ޕާރފޯމްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހައުސް އޮފް މިއުޒިކުން އިންތިޒާމްކޮށްގެން އަކާލާ ރެސްޓޯރެންޓްގައި ބާއްވާ މި ޝޯވްތައް ކޮންމެ ބުރާސްފަތި ދުވަހުގެ ރެޔެއްގައި އޮންނާނެއެވެ. މިއީ ހަފްތާާ ނިންމާލުން ފާހަގަކުރުމަށް ގެނެސްދޭ ޝޯވް ތަކެކެވެ.
އަކާލާ ރެސްޓޯރެންޓް ހުންނާނީ މާފަންނު އެލިޔާ ކައިރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް