އައްޑޫއަށް ބޯކޮށް ވިއްސާރަކޮށް ގިނަ ގެއްލުންތަކެއް ލިބިއްޖެ
ރޭގެ ވަގުތެއްގައި އައްޑޫސިޓީގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކޮށް، ގިނަ ގެއްލުންތަކެއް ވެއްޖެއެވެ.
ފުުލުހުން ބުނީ މި ވިއްސާރައާއި ގުޅިގެން އައްޑޫގެ އެކި ތަންތަަނަށް އެކިވަރުގެ ގެއްލުންތައް ލިބިގެން ފުލުހުންނަށް ރިޕޯޓްކުރިކަމަށެވެ. އެގޮތުން 24 ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ގަދަވަޔާއި އެކު ގަސްތައް ވެއްޓި، ބައެއް ގޭގެއާއި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މިތަންތަނުން ގަސްތައް ނަގައި ފެން ހިންދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކާއި އާންމުން ދަނީ ކުރަމުންނެވެ.
އައްޑޫގެ އިތުރުން ގދ.އަތޮޅުގެ ބައެއް ސަރަހައްދުތަކަށްވެސް ވަނީ ބޯކޮށް ވާރޭ ވެހި، އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް