އޯލެވެލް އިމްތިހާނުގައި 21 ގައިދީއަކު ބައިވެރިވެއްޖެ
މިއަދު ފެށި އެސް.އެސް.ސީ އަދި އައި.ޖީ.ސީ.އެސް.ސީ އޯލެވެލް އިމްތިހާނުގައި 21 ގައިދީއަކު ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން މިދިޔަ އިމްތިހާންގައި މިދިޔަ އަހަރުވެސް 14 ގައިދީއަކު ވަނީ ބައިވެރިވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.
އެގޮތުން ޤްރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައްވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް