ފޭސް ދޭއްގެ އެންމެގިނަ އެކްސިޑެންޓްތައް ހިނގަމުން އަންނަ މަގުގައި ފުލުހުންގެ ކަމާބެހޭ ޓީމަކުން ހަރަކާތެތެރިވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭ ފޭސް ދޭއްގެ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ "ހިތިގަސްމަގު" ގައި ފުލުހުންގެ ކަމާ ބެހޭ ޓީމެއް ހަރަކާތްތެރިވެއްޖެއެވެ.
އެ ސަރަހައްދުގައި ހުރި ވޮއިސްގެ ނޫސްވެރިޔާ ބުނީ އެންމެގިނައިން އެކްސިޑެންޓްތައް ހުންނަ ވިނަރެސް ޓަވަރުތައް ހުންނަ އެމަގުގައި މިއަދު ހެނދުނުން ފެށިގެން ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާކަމަށެވެ. ފުލުހުންނާއެކު ކުލަ ހެދުމުގައި ތިބި ބަޔަކުވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްްތެރިވަމުންނެވެ.

ހީވާ ގޮތުން އެ މަގު އެނަލިސިސްގެ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދަނީ މަގުގެ އެންމެގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ ފަޅި ބަންދުކޮށްގެންނެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ހުޅުމާލޭގެ ހިތިގަސް މަގަކީ މިފަހުން އެންމެގިނަ އެކްސިޑެންޓްތައް ހިނގަމުން އަންނަ މަގެވެ. އެމަގުގައި މިފަހަކުން ހިނގި އެކްސިޑެންޓްތަކުގައި 9 އަހަރުގެ ކުއްޖެއްގެ ފުރާނަ ގެއްލުުއިރު، ކޮންމެ ދުވަހަކުހެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައެވެ. އަދި ގިނަ އެކްސިޑެންޓްތަކުގައި ބައެއް މީހުން ނުކުޅެދޭ ހާލަތަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް