އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން
އެމްޑީޕީގެ ނައިބު ރައީސަކަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އައްޔަންކޮށްފި އެވެ.
ނައިބު ރައީސަކަށް ހިސާން އައްޔަން ކޮށްފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާނަކީ އެމްޑީޕީގައި މަސައްކަތް ކުރައްވާތާ 17 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. ހިސާން ވަނީ 2012 ވަނަ އަހަރު އެމްޑީޕީގައި ލީގަލް ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިސާން ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ. އަދި ނިމިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވީ ހިސާނެވެ. އަދި ހިސާން ވަނީ ނިމިދިޔަ ފަސް އަހަރު އެ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް