މޭކަޕް ކުރަން ގެންގުޅޭ ފިހި އެންމެ ފަހުން ސާފުކުރީ ކޮންއިރަކު؟
މޭކަޕް ކުރާއިރު ބޭނުން ކުރާ ފިހިތައް އެންމެ ފަހުން ސާފު ކުރީ ކޮން ދުވަހަކު ހެއްޔެވެ؟
ރީތިކަން މަތީގައި ދެމިހުންނަން ބޭނުންވާ ފަރާތްތަކަށް، އަދި ވަކިން ހާއްސަކޮށް، ރީތިކޮށް މޭކަޕް ކޮށްގެން ހުންނަން ބޭނުންވާނަމަ، ތިޔަ ގެންގުޅޭ މޭކަޕް ފިހިތައް ގަވައިދުން ސާފު ކުރުމަކީ ވަރަށށް މުހިންމު ކަމެކެެވެ. އެހެންކަމުން، އެ ފިހިތައް ސާފު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާނަމަ، އަވަހަށް އެކަން ކުރާށެވެ.
ބެކްޓީރިއާތައް ފިހީގައި ގިނަ ވެދާނެ، އެއީ ތާހިރު ކަމެއް ނޫން:
މޭކަޕް ކުރަން ބޭނުން ކުރާ ފިހިތައް ގަވައިދުން ސާފު ނުކުރާނަމަ، އެ ފިހިތަކަކީ ބެކކްޓީރިޔާތައް ދިރިއުޅެން ބޭނުންވާ، އެ އެއްޗެހީގެ ހާއްޔަކަށް ވެދާނެއެވެ. އެމައްސަލަ ދިމާވެއްޖެ ނަމަ މޫނުގައި އޮށާޅަ، އަދި ބިހި ނެގުމަށް މަގުފަހި ކުރުވާފާނެއެވެ.
ހަޑިވެފައިވާ ފިހިން ރީތި މޭކަޕެއް ނުކުރެވޭނެ:
ތިބާ ބޭނުންކުރާ ފިހި ނުދޮންނަތާ ގިނަ ދުވަސްވެފައިވާނަމަ، މޭކަޕް ކޮށްގެން އެންމެ ބޭނުންވާ ލުކެއް ގެންނަން އުނދަގޫ ވާނެއެވެ. އެގޮތުން، އެކި ކުލަ އެކި ދުވަހު ޖައްސަން އުޅޭއިރު، ކުރިން ޖެއްސި ކުލަތައް ފިހީގައި ހުރުމުން ރީތިކޮށް މޭކަޕް ކުރަން ހުރަސް އެޅޭނެއެވެ.
ފިހީގައި ހުންނަ ބެކްޓީރިޔާ މޭކަޕް ސާމާނަށްވެސް އަރާފާނެ:
މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ބެކްޓީރިޔާ އަރާފައިވާ ފިއްސެއް، ނުދޮވވެ މޭކަޕް ކުރާ ސާމާނަށް ލުމުން އެތަކެއްޗަށް ބެކްޓީރިޔާގެ އަސަރު ކުރުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެންވުމުން މޫނުގައި ބިހި ނެގުމުގެ އިތުރުން، އެނޫންވެސް ސިއްހީ މައްސަލަތައް ކުރިމަތިވާނެއެވެ.
ބޭކާރު ހަރަދު ނުކުރޭ:
ފިހި ސާފުކޮށްގެން ފަރުވާތެރިކަމާއެކު ގެންގުޅޭނަމަ، އެއީ ބޭކާރު ހަރަދުތަކަކުން ސަލާމަތް ކޮށްދޭނެ ކަމެއްކަން ޔަގީނެވެ. އެހެންކަމުން، މިއީވެސް މޭކަޕް ކުރަން ގެންގުޅޭ ފިހިތައް ސާފު ކުރަންޖެހޭ އެއް ސަބަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް