ތަމްރީނު ހަދަނިކޮށް ހާލު ދެރަވި ފުލުސް މީހާ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ފުލުސް މީހާ ނިޔާވެއްޖެ އެވެ.
ނިޔާވީ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) އެވެ.
ފުލުހުން ދެންމެ ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ މިމަހު 4 ވަނަ ދުވަހުއެވެ.
ފުލުހުން އެދެވަހު ބުނީ އެ މީހާ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް