ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލް، ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ،
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު ރޭ ދަންވަރު 00:09 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ ހޮސްޕިޓަލުން ރިޕޯޓްކުރި ކަމަށެވެ. އަދި އެމީހަކީ 49 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީގެން ގެންގޮސްފައިވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ނާޒިމް ސައްތާރަށް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އަދި ހަމަލާދިން ތަނެއް އަދި ހަމަލާދިން ބަޔަކުވެސް އަދި ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް