ކުޅުދުއްފުށީއަށް ސިޓީއެއްގެ ދަރަޖަ ލިބެނީ
ހދ.ކުޅުދުއްފުއްޓަށް އަންނަ މަހުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ލިބޭނެކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާޠިފް ވިދާޅުވީ ކުޅުދުއްފުށީގެ އާބާދީގައި ސިޓީއަަކަށްވުމަށްޓަކައި ވާންޖެހޭ ދިހަހާސް މީހުން ހަމަވެފައިވާ ކަމަށެވެ.
ނަމަވެސް ސިޓީއަަކަށް އެރަށް ބަދަލުވުން ލަސްވެފައިވަނީ ގާނޫނީ ކަންކަމާއި ހެދިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ގާނޫނީ ހުރަސްތައް ނައްތާލުމުގެ މަސައްކަތް ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދިއުމުން ހދ.އަތޮޅުގެ ވެރިކަން ކުރާނެރަށެއް ކަނޑައެޅުމުގައި އަތޮޅުގެ ތޭރަ ރަށުގެ ތެރެއިން ރަށެއް ހަމަޖެއްސާއިރު، ގިނަ ރަށްތަކަކުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އާތިފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް