މުފްތީ މެންކްގެ ކޮއްކޮ މާލޭގައި ދަރުސްތައް ދެނީ
ޒިންބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ކޮއްކޮ، ޝެއިޙް އިބްރާހިމް މެންކްގެ ދަރުސްތަކެއް މާލޭގައި ފަށައިފިއެވެ.
ޝައިޚް އިބްރާާހިމް މެންްކް ރާއްޖެ ވަޑައިގެންނެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" ސިލްސިލާ ދަރުސްތަކުގައި ވާހަކަފުޅު ދެއްކެވުމަށެވެ.
އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ މި ދަރުސްތައް މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށް ފަހުގައި އޮންނައިރު، މި ސިލްސިލާގައި ދިހަ ދަރުހެއް ދޭން ވަނީ ނިންމާފައެވެ.
މި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންދެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެންނެވެ.
މިއީ އަލް އަސްރުގެ ފަރާތުން އިންތިޒާމްކުރާ އިވެންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް