ޓެކްސް ކޮމިޝަނަރަކަށް ފަތުހުﷲ އައްޔަންކުރަން ރުހުންދީފި
ކޮމިޝަަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ފަތުހުﷲ އެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 82 މެންބަރުންނެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފައެވެ.
އެ މަގާމަށް އަސްމާ އައްޔަންކުރުމަށް ވޯޓުދެއްވާފައިވަނީ 81 މެންބަރުންނެވެ.
މި ދެފަރާތަކީވެސް އިގްތިސާދާއި ޓެކްސްގެ ދާއިރާގައި މީގެ ކުރިންވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅުންކަން ފާހަަގަކޮށްލެވެއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު އިއުލާނުކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. މި އިސްލާހު ތަސްދީގުކުރުމާއި އެކު 30ދުވަހުގެ ތެރޭގައި އެމަގާމާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހެއެވެ.
ނަމަވެސް މި 30 ދުވަހުގެ މުހުލަތުވަނީ ފަހަަނަ އަޅާފައެވެ. އެހެންކަމުން އެމަގާމު މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް