ހުޅުމާލޭ ފިތުރޯނުމަގު މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ހުޅުމާލޭ ފިތުރޯނުމަގު މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އިން ފަށައިފިއެވެ.
އެޗްޑީސީން މިކަން އިއުލާންކޮށްފައިވަނީ، އިއްޔެ އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓް
މި މަސައްކަތް ކުރިއަށްދަނީ، ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެހެންކަމުން، ހުޅުމާލޭ އެކި ސަރަހައްދުތަކުގައި އެޗްޑީސީން ދަނީ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭ އަކީ ރައްކާތެރި ތަނެއްކަމުގައި ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފިތުރޯނުމަގު ހެދުމުގެ މަސައްކަތް ނިމުމުން، އެމަގަކީ ދަތުރުކުރަން ފަސޭހަ، އަދި ރައްކާތެރިތަނަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް