ގާސިމް އަކީ ޖަވާހިރެއް ފަދަ ބޭފުޅެއް، މަޖިލީހަށް ހޮވައިދެއްވާ: ނަހުލާ
ގާސިމް އަކީ ޖަވާހިރެއް ފަދަ ބޭފުޅެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އަދި ގާސިމްގެ އަނބިކަބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްެޖެއެވެ.
މާމިގިލީ ދާއިރާއަށް ވާދަކުރަައްވާ ގާސިމް އިބްރާހިމްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމްގެ އަނބިކަބަލުން އާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ ގާސިމްއަކީ ލިބިފައިވާ ނިއުމަތެއް ކަަމަށެވެ. އަދި އެކަމުން މަހުރޫމް ނުވެ ގާސިމް ހޮވައި ދިނުމަށް އައިޝާ ވަނީ އެދިވަޑައިގެންފައެވެ.
ނަހުލާ ވިދާޅުވެފައިވަނީ ގާސިމަށްޓަކައި އދ. އަތޮޅާއި މުޅި ރާއްޖެވެސް ފަހުރުވެރިވާ ބޭފުޅެއްކަމަަށެވެ. އަދި ހިތްތިރިކަމާއި އޯގާތެރިކަން އެ ބަހަކީވެސް ގާސިމްގެ ފަރާުން އައި ބަހެއް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. ގާސިމްއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ނަަހުލާ ވިދާޅުވެފައިވަނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގާސިމް އާއި އެކަމަނާ ވަކިނުކުރެވޭނެ ކަމަށެވެ.
ގާސިމްގެ ކެމްޕެއިން މާމިގިލީގައި ލޯންޗްކޮށްފައިވާއިރު "ދިވެހިންގެ ބިން ދިވެހިންނަށް'' މިއީ ގާސިމްގެ ސްލޯގަންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް