ލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތަކެއް ދީފި
އަވައްޓެރި ސްރީލަންކާގެ ގިނަ ސަރަހައްދުތަކަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ބައެއް ޗާޗްތަކަށާއި ކޮޅުނބުގެ ފަސް ތަރީގެ ހޮޓެލްތަކަކަށެވެ.
އެގޮތުން ކޮޅުނބުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލް ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ތިން ހޮޓަލަކީވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ދެތަނެވެ.
މި ހަމަލާތައް ދިނީ، ޗާޗްތަކުގައި އީސްޓަރ ސަންޑޭގެ ސާރވިސް ކުރިއަށް ދަނިކޮށެވެ.
ލަންކާގެ މިނިސްޓަރެއްކަމުގައިވާ ހަރްޝާ ޑި ސިލްވާ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައިވަނީ މިހަމަލާތަކުގައި ބޭރުގެ ބައެއް ފަރާތްތައްވެސް ޒަހަމްވެފައިވާކަން ޔަގީންކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް