ގައުމު ހަމަމަގަށް އެޅޭތަން ނުފެނޭ: ރިކޯޯ މޫސާ
ގައުމު ހަމަމަގަށް އެޅޭތަން އެއްވެސް މިންވަރަކަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރީކޯ މޫސާ ވިދާޅުވީ މިގައުމު ހަމަމަގަށް އެޅޭތަން އެއްގޮތަކަށް ވެސް ފެންނަމުން ނުދާކަމަށާއި ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސް ނުކުރެވުމަކީ ސަރުކާރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިކަމުގެ ހެއްކެއް ކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގައި ދެ ރައީސުން އެބަތިއްބެވިކަމަށެވެ.
އެގޮތުން އެއް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސް އޮފީހުގައި ކަމަށާއި ދެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންމެވެސް އެހެންތަނެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް