ރައީސް ނަޝީދު ޗުއްޓީއަކަށް ލަންޑަނަށް
އާއިލާ އާއި އެކު ވަގުތު ހޭދަކުރެއްވުމުގެ ގޮތުން ޗުއްޓީއަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަނަށް ފުރާވަޑައިގެންފިއެވެ.
ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވަރަށް ބުރަކޮށް އުޅުއްވުމަށް ފަހު ރައީސް ނަޝީދު ލަންޑަނަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވަނީ ލަންޑަނުގައެވެ. ރައީސް ނަޝީދުގެ އޮފީހާއި ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންޑަނުގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެމެރިކާ އަށެވެ.
ރައީސް ނަޝީދު އެމެރިކާއަށް ވަޑައިގަންނަަވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުކަން ކުރެއްވި އަމާލް ކްލޫނީގެ "ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް" އިން ބާއްވާ އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެއަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި މެއި މަހުގެ ކުރީކޮޅު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް