ވެކްސިން ދޭން އިންކާރުކުރަމުންދިޔަ މަޑުއްވަރީގެ އާއިލާއެއްގެ ކުދިންތަކަކަށް ވެކްސިންދީފި
ކުދިންނަށް ވެކްސިން ދިނުމަށް އިންކާާރުކުރަމުންދިޔަ ރ.މަޑުއްވަރީ އާއިލާއެއްގައި ހިމެނޭ ކުޑަކުދިންގެ ގަޔަށް ވެކްސިން ޖަހައިފިއެވެ.
ފުލުހުން ބުނީ ކުދިންނަށް ވެކްސިން ޖެހުމަށް އިންކާރުކުރަމުންދިޔަ އާއިލާއެއްގެ ބަޔަކު ފުލުހަށް ހާޒިރުކޮށް، ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ނަސޭހަތްދީފައިވާނެކަމަށެވެ. އަދި މި ނަސޭހަތް ދިނުމުން، އެ އާއިލާގައި ހިމެނޭ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
މިއަދު ވެކްސިން ޖަހާފައިވާ ކުދިންނަކީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އެއް މަހުގެ އަންހެން ކުއްޖެއްްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއީ މިވަގުތު އެރަށުގައި ހަރުކަށި ފިކުރުގެ ފަރާާތްތަކާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަނާއި ގުޅުންހުރި ކަމެއްތޯ ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް