ސީ އެންބިއުލާންސެއް ދިޔަވެ އަޑިއަށް ގޮސްފި
ސީ އެންބިއުލާންސެއް ރަށެއްގެ ނެރުން ނިކުމެގެން ދަނިކޮށް ދިޔަވެގެން އަޑިއަަށް ގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ ސީ އެންބިއުލާންސެއް ބަލިމީހަކު ގޮަވައިގެން ނ.މާޅެންދޫ ނެރުން ނިކުންނަން އުޅެނިކޮށް ބާނި ބޮޑުވެ، ޖެހި ރާޅަކާއި އެކު ނެރު ތޮށިގަނޑުގައި އެ ލޯންޗް ޖެހުނު ކަމަށެވެ.
އެއާއި އެކު އެ ލޯންޗް ދިޔަވެ، އަޑިއަށް ދިޔަކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ލޯންޗް ނެގުމުގެ މަސައްކަތް ކޯސްޓް ގާޑް ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
މި ލޯންޗް އަޑިއަށް ގޮސްފައިވަނީ އެރަށަށް މީހުން ބޭލި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް