ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ބޯޓާ ގުޅިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު "AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ ގުޅިފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އެމްއެންޑީއެފް ދާދި ދެންމެ އަކު ބުނީ، ކޯސްޓްގާޑް ޝަހީދު ޢަލީ ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދިޔުމަށް މިހާރު ދަތުރުކުރަމުން ކަމަށެވެ.
އެއް ދިވެއްސަކާއި ތިން ބިދޭސީން ހިމެނޭހެން ހަތަރު މީހުންނާއި އެކު މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި މި ދޯނީގެ ހަބަރެއްނުވުމާއި ގުޅިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށް އެ އިދާރާއިން މީގެ ކުރިން ބުނެފައިވެއެވެ.
ދޯނި ހޯދުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ މޯލްޑިވިއަން ގެ ފްލައިޓެއްގެ އެހީވެސް ބޭނުންކޮށްފައިވާއިރު، މި ދޯނި ހޯދުމުގެ މަސައްކަތުގެ ތެރެއިން ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް އެމްއެންޑީއެފް އިން ބަލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް