"މީތި ސަޅި" ވެހިކަލް މަޑުން ދުއްވުމުގެ ކެންޕެއިން ފަށަނީ
ވެހިކަލްތައް މަޑުންދުއްވުމަށް އާންމުން ހޭލުންތެރިކުރުވުމަށްޓަކައި މީތި ސަޅި، މި ނަމުގައި ބޮޑު ކެމްޕެއިންއެއް ފެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ މަޑުން ދުއްވުމަށް ބާރުއަޅައި، އެކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުންކަމަށެވެ.
މި ކެމްޕެއިންގެ ޒަރިއްޔާއިން މަޑުން ދުއްވުމަކީ ސަޅިކަމެއްކަން އާންމުންނަށް ވިސްނައިދިނުމުގެ މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީތި ސަޅި ކެމްޕެއިން ފެއްޓުމަށް ހަމަޖެހިފައިވަނީ މި އަންނަ ހުކުރު ދުވަހުގެ ހަވީރު، ސިނަމާލޭ ބްރިޖްގެ މާލެއާއި ވީ ފަޅިންނެވެ. އަދި މި ކެމްޕެއިންގެ ހަރަކާތްތައް އެދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައިވެސް ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް