މިދިޔަ އަހަރުގެ ފަހު ކުއާާޓަރގައި ބީއެމްއެލްގެ ފައިދާ އިތުރުވެއްޖެ
މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ އިތުރުވެއްޖެއެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ ފައިދާތައް ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު ތިން އިންސަައްތަ މަތިވެފައެވެ. މިދިޔަ ކުއާޓަރގައި ބޭންކްގެ ފައިދާއަކީ 277 މިލިޔަން ރުފިޔާއެވެ.
ބީއެމްއެލްެއިން މައުލޫމާތު ދޭގޮތުގައި އެ ބޭންކުން އަލަށް ބޭނުންކުރަން ފަށާފައިވާ 'އެކައުންޓިންގ ސްޓޭންޑާރޑް އައިއެފްއާރުއެސް 9' ގެ ދަށުން ލޯން ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރު ކޮށްފައިވީނަމަ ވެސް ލޯނު ދޫކުރެވުނު ވަރު ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ އިތުރުވެފައެވެ.
އަދި ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމް 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ އިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދިފައިވާ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބީއެމްއެލް އިން ހާމަކޮށްފައި ނުވާނެކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާ އަކަށް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭންކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް