ގާސިމާއި ރައީސް ޔާާމީން ފިޔަވައި ގައުމުގެ ހައްގުގައި މަސައްކަތްކުރާ ލީޑަރުން ނެތް: އަދުރޭ
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ގައުމުގެ ހައްގުގައި މަސައްކަތްކުރާ ލީޑަރުން ނެތްކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ގާސިމާއި ރައީސް ޔާމީން ފިޔަވާ މި ގައުމުގެ ހައްގުގައި މަސައްކަތް ކުރާ ލީޑަރުން ނެތް ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ނިކުތުމުން އެބޭފުޅުންނަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ގާސިމް އިބްރާހިމްއަކީ ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި ގައުމުގެ ހައްގުގައި ހައްގު ބަސް ބުނަން ގާސިމް ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ.
މިއަދުގެ ނޫސްވެެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ހޯދަން އުޅެނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ދީނީ މިިނިވަންކަން އޮންނަ ގައުމަކަށް ރާއްޖެ ހެދުމަށްކަމަށެވެ. ނަމަވެސް އިިދިކޮޅުގެ ދިހަ މެންބަރުން މަޖިލީހުގައި ތިއްބަވަސް އެ ފުރުސަތު ނުދެއްވާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް