އަންހެން ފަނޑިޔާރުން އައްޔަންކުރުމަށް ޑރ.ޖަމީލްވެސް އެއްބަސް!
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި އެއްކޮޅަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވާހަކަފުޅު ދައްކަވައިިފިއެވެ.
ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރުވެސް އަންހެން ފަނޑިޔާރުން ތިބޭ ކަމަށެވެ. އެގޮތުން 2007ވަނަ އަަހަރުގެ ޖުލައިމަހުގެ 11ވަނަ ދުވަހު ގިނަ ވިސްނުންތަކަށްފަހު އަންހެން ގާާޒީން އައްޔަންކުރެވުނު ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
އަދި އެކަމުގެ ބަހުސް މިހާރު ނިމިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ވިސްނަންވީ ކަަމަކީ ގައުމަށް ޚިދުމަތްކުރުން ބިނާވެގެންވަނީ ޖިންސުގެ މައްޗަށް ނޫންކަމަށާއި، ގާބިލްކަމާއި ތެދުވެރިކަމުގެ މައްޗަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް