ޖާބިރު އުޅޭގޮތުން ދިޔާނާއަށް ވޯޓުދޭން މީހުން ބިރުގަތީ: ރޮޒައިނާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދަށް ވޯޓުދޭން މީހުން ފަސްޖެހުނީ އެކަމަނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރުގެ ސަބަބުންކަމަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ރޮޒައިނާ ވިދާޅުވީ ދިޔާނާ ކަޓުވާލަން މަސަައްކަތް ކުރީކަމަށް ސައިކޮަަަޓަރީގައި އެކަމަނާއާއި ރައީސް ޞާލިހަށް ތުހުމަތުކޮށް ހަޅޭލަވާފައި ގޮސް، ތަޅުމުގައި އެފަރާތްތަކަށް ވަގަށް ގޮވުމަކުން ދިޔާނާއަށް މަގާާމަކަށް ނުލެވޭނެކަމަށެވެ.
"ދިޔާނާ ކަޓުވާލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން ދިޔާނާއަށް ވޯޓުދޭން މީހުން ބިރުގަތީ"، އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާގެ އެހެން ޓްވީޓެއްގައި ވަނީ މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓު ހެދޭނެ ނިޒާމެއް ބެހެއްޓުން ވަރަށް މުހިއްމު ކަމަށާއި އެހެން ގައުމުތަކުގައިވެސް އެފަދަ ޓެސްޓު ރެންޑަމްކޮށް ހަދާ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް