އެމްޓީޑީިއިން ހޯމް މިނިސްޓްރީ ތެރޭގައި ހަރަކާތްތެރިވަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި އެމްޓީޑީން ހޯމް މިނިސްޓްރީ ތެރޭ ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްޓީޑީން މައުލޫމާތު ދޭގޮތުގައި އެޕާޓީން ކުރީގެ ހޯމް މިނިސްޓަރާއި ބައްދަލުކުރުމަށް މަސައްކަތް ކުރަމުންދަނީ އަހުމަދު އަދީބުގެ ބޭސްފަރުވާ ރަނގަޅަށް ނުލިބި އަނބުރާ ޖަލަށް ބަދަލުކޮށްފައިވީމައެވެ.
އެޕާޓީން ހޯމް މިނިސްޓަރ އިމްރާންއާއި ބައްދަލުކުރައްވަން ދިޔައިރު، ހޯމް މިނިސްޓަރ ބިޒީވުމުގެ ސަބަބުން މިވަގުތު ބައްދަލުނުުކުރެއްވޭނެކަމަށް މިނިސްޓްރީން އަންގާފައިވާކަމަށް އެޕާޓީން ބުނެއެވެ.
މިކަމާއި ގުޅިގެން ވޮއިސްއާއި ވާހަކަފުުޅު ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ބުނީ، ހޯމް މިނިސްޓަރ އިމްރާންއާއި ބައްދަލުނުކުރެއްވެނީސް އެތަނުން އެޕާޓީގެ މެންބަރުން ނުދާނެކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ޝައިޚް އިމްރާން ވަނީ ދާދި ދެންމެއަކު މިނިސްޓްރީ ދޫކޮށް ވަޑައިގެންފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް