ފަނޑިޔާރުންގެ ރުހުންނެތި އެހެން ކޯޓުތަކަށް ބަދަލުނުކުރޭ: ސުއޫދު
ފަނޑިޔާރުންގެ ރުހުންނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ނުުކުރުމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ސުއޫދު ވިދާޅުވީ ތައުދީބީ ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ގޮތަކަށް، ފަނޑިޔާރެއްގެ ރުހުން ނެތި އެހެން ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ޚިލާފް އަދި ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވާ އިރު، ތިން ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމާފައެވެ.
އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް، ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް