ގެތައް ބަލަމުންދަނީ ދިވެހިންނަށް އަމާޒުކޮށްގެން ނޫން: އެމްބަސީ
ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި މީހުން ދިރިއުޅެމުންދާ ގެތައް ބަލަމުންދަނީ ދިވެހިންނަށް އަމާޒުކޮށްގެން ނޫންކަމަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
އެމްބަސީން މިހެން ބުނެފައިވަނީ ސްރީލަންކާގެ ސިފައިންނާއި ފުލުހުން ބައެއް ގެތަކުގައި އުޅޭ މީހުންގެ މައުލޫމާތު ބަލާ ފާސްކުރަމުން ދިޔުމާއި ގުޅިގެންނެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެމްބަސީގެ ތާޑް ސެކްރެޓަރީ އަލީ އަބްދުﷲ ހިލްމީ ވިދާޅުވީ އިއްޔެ ލަންކާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި ހުންނަ ގެތަކަށް ސިފައިންނާއި ފުލުހުން ވަދެ، އުޅެމުންދާ ފަރާތްތައް ބަލާކަމުގެ މައުލޫމާތު ލިިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި މިއީ ދިވެހިންނަށް އަމާޒުކޮށްގެން ނުވަތަ މި ހަމަލާއާއި ދިވެހިންނާއި ގުޅުމެއް އޮތްކަމަށް ތުހުމަތުކުރެވިގެން ކުރެވޭ ބަލާފާސްކުުރުންތަކެއް ނޫންކަމުގެ ޔަގީންކަން އަލީ ދެއްވިއެވެ.
އަލީ ވަނީ އެއްވެސް ފުުލުހަކު ގެއަށް އައިސްފިނަމަ ހުރިހާ ދިވެހިންވެސް އެފަރާތްތަކަށް އެއްބާރުލުންދީ، އެއްވެސް ހިތް ނުތަނަވަސްކަމެއް ވާކަމުގައި ވާނަަމަ އެމްބަސީގެ ކޮންސިއުލަރ ހޮޓްލައިނަށް އެންގުމަށް އެދިވަޑައިގެންފައެވެ.
އެއީ 94727277072، +94766942654 +94766086660 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް