ފޮރިން ސެކްރެޓަރީއަކަށް އިނާޔާ އަލުން އައްޔަންކޮށްފި
ފޮރިން ސެކްރެޓަރީއަކަށް، އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަންކުރައްވައިފިއެވެ.
ރާއްޖޭގެ ތާރީހުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއްގެ ގޮތުގައި އައްޔަނުކުރުވުނު އިޔާނާ އެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ހުސްވި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރަށް ވާއިރު، އިޔާނާ އެ މަގާމަށް އައްޔަނުކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ މެއި މަހު ކުއްލި ގޮތަކަށް އެ މަގާމުން އޭނާ ވަކިކުރެއްވިއެވެ.
އެ މަގާމަށް އިޔާނާ އަލުން އައްޔަނުކުރައްވައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އިނާޔާ އެންމެ ފަހުން ހުންނެވީ ހާރިޖީ ވުޒާރާގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް