ހާލުގައި ޖެހުނުމީހުންގެ ފަންޑަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
މިދިޔަ ހުކުރުދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް ހުޅުވާލި ފަންޑް ފޮއްޓަށް އެއް މިިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މިހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހުޅުވި އެކައުންޓަށް މިއަދު ހަވީރާއި ހަމައަށްވަނީ 1222،219.17 ރުފިޔާ ލިބިފައެވެ.
އެ އޮތޯރިޓީން ބުނީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް މިހާރު ހުޅުވާފައިވާނެ ކަމަށެވެ.
އެކައުންޓްގެ ނަން: 20 ސެޕްޓެމްބަރ މާލެ ފަޔަރ ރިލީފް އެކައުންޓް
އެކައުންޓް ނަންބަރު: 7730000284246
ޑިޒާސްޓާ މެނޭޖްމަންޓުން ބުނިގޮތުގައި މި ހާދިސާއާއި ގުޅިގެން 400އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް