އެމްޑީޕީގެ މަޖިލިސް ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރަނީ
އެމްޑީޕީގެ ފަރާތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އާންމުކުރާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މަޖިލިސް އިންތިޚާބުގެ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޖެންޑާ 19ގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފެވެ.
އަފްޝަން ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޖެހޭ ފޯމެޓް ކެންޑިޑޭޓުންނާ ހިއްސާ ކޮށްފައިވާ ކަމަށާއި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 8:00ގެ ކުރީން މާލީ ބަޔާން ހުށައަޅަން ކެންޑިޑޭޓުންނަށް އަންގާފައިވާނެކަމަށެވެ.
މާލީ ބަޔާންތައް ހުށައެޅުމުގެ މަގްސަދަކީ މާލީ ބަޔާން ކެނޑިޑޭޓުންނާ މެދު މިހާރު އޮތް ވަރަށް ވުރެ ވެސް އިތުބާރު ބޮޑު ކުރުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުންކަމަށް އަފްޝަން ވިދާޅުވިއެވެ.
އަދި މިއީ ކެމްޕެއިންގެ ހުރިހާ މަސައްކަތަކާއި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވީހާވެސް ދެފުށް ފެންނަ ސީދާ ގޮތަށް އާންމުންނަށް ހާމަ ކުރުމަށް ކުރެވޭކަމެއް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް