ފެންކުޅީގެ ތެރޭގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ
އީދު ފެންކުޅީގެ ތެރޭގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ރ.މަޑުއްވަރީގައި ސައިކަލެއްގައި ދިޔަ 21 އަހަރުގެ އަންހެނެއްގެ ގަޔަށް ޕިކަޕެއްގައި ދިޔަ ބަޔަކު ފެންޖެހުމުން ސިއްސައިގެން ގޮސް ސައިކަލުން ވެއްޓުނު ކަމަށެވެ.
އޭނާ ވެއްޓުނުއިރު ސައިކަލްގެ ފަހަތުގައި ހަތް އަހަރުގެ އަންހެންކުއްޖެއްވެސް އިނެވެ. އެ ދެމީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް