N/A
N/A
ހަބަރު 28 Jul 2019 | 08:32

ސެކިއުލަރިޒަމްގެ ނުރައްކާތެރިކަން 13

މުސްލިމުންނަށް ދީން އޮޅުވައިލުމަށް ސެކިއުލަރިސްޓުން ބޭނުންކުރާ ބައެއް ވަސީލަތްތައް

3- ދީނުގެ ބައެއް ފަރުޢީކަންކަމުގައި ޢިލްމުވެރިންގެ މެދުގައިވާ ޚިލާފުތަކާބެހޭގޮތުން ވާހަކަދެއްކުން ގިނަކުރުން.

ދީނުގެ ފަރުޢީ ބައެއް ޙުކުމްތަކުގައިވާ ޚިލާފީ މައްސަލަތަކުގެ ވާހަކަ ގިނަގިނައިން މީސްތަކުންގެ ތެރޭގައި ފަތުރައި އެކަންކަމުގައި ޢިލްމުވެރިން މަޝްޣޫލު ކުރުގެ ބޭނުމަކީ ދީނީ ޢިލްމުވެރިންގެ އަޞްލުމަސައްކަތަށް ހުރަސްއެޅުމެވެ. އެއިރުން ސެކިއުލާ މީހުން ދީނާބެހޭގޮތުން ފާތުރާ ދޮގު ވާހަކަތަކަށް ރައްދުދީ އެކަންކަމަށް މީސްތަކުން ހޭލުންތެރި ކުރުމުގެ ބަދަލުގައި ޢިލްމުވެރިން އަބަދުމެ ތިބޭނީ ޚިލާފީ މައްސަލަތަކުގައި ވާހަކަ ދައްކާށެވެ. އަދި މީގެ ތެރެއިން ސެކިއުލާ މީހުންގެ އެންމެ ބޮޑު އުންމީދަކީ މި ބާވަތުގެ މައްސަލަތަކުގައި ޚިޔާލުތަފާތުވެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިންކަން ފެތުރިގެން ދިއުމެވެ. އެއިރުން ސެކިއުލާ މީހުންނަށް އަމާންކަން ލިބުނީއެވެ. އެހެނީ އެމީހުންނާ ހަނގުރާމަ ކުރަންތިބި މީހުން އެއްބަޔަކު އަނެއް ބަޔަކާ ޖެހިފައިވާތީއެވެ.

ނިކަން ރަނގަޅަށް ވިސްނަވާ ބައްލަވާށެވެ! "މިހާރު ދެން އުޅޭނެގޮތެއްވެސް ނޭނގެޔޭ" އެކި މީހުން ކިޔަނީ އެކި އެއްޗެއްސޭ" "ދެމީހަކު އެކައްޗެއް ނުކިޔައޭ" "ވީމާ ތިޔަމީހުން ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެޔޭ" މި ޢިބާރާތްތަކަކީ ވަރަށް ގިނައިން އަޑުއަހާ ވާހަކަތަކެއް ނޫންހެއްޔެވެ؟ ބޭނުމަކީ ދީނާމެދު މީސްތަކުންގެ ހިތްތަކުގައިވާ ހައިބަތު ނައްތާލުމެވެ. ދީނަކީ އިންސާނުންގެ އަމިއްލަ ޚިޔާލު ވަދެފައިވާ އެއްޗެއްކަމަށް ދެއްކުމެވެ. ދީނުގައި ހުރީ މުޅިންވެސް ޚިލާފުތައްކަމުގައި ދައްކައި ދީނުން މީސްތަކުން ހަށިފޮޅާލުމަށް މަގުފަހި ކުރުމެވެ. ޚިލާފީ މައްސަލަތަކުގެ ވާހަކަ ގިނަގިނައިން ފަތުރަނީ އެހެންވެގެންނެވެ. މިފަދަ ކަންކަން ބޮޑުކޮށްގެން ދައްކާއިރު، ރެޔަކާދުވާލު 5 ނަމާދު ފަރުޟުކުރައްވާފައިވާކަމާމެދު ޚިލާފު ވަނީ ކާކުހެއްޔެވެ؟ މިފަދަ ވާހަކަ ފަތުރާމީހުން އެނަމާދެއް ނުކުރެއެވެ. ޒަކާތެއް ނުދެއެވެ. ބައެއް މީހުން ރޯދައެއްވެސް ނުހިފައެވެ. މުދާވެރިކަމުގައި އިންތިހާއަށް ދިޔަޔަސް ޙައްޖަށް ދިއުމުގެ ވިސްނުމެއް ނެތެވެ. ދުވާލު ދެދަޅަޔަށް ފިނިބުރުޖަހަން ނިކުންނަ ފަދައިން ހަފްތާ ބަންދުގައި އެމީހުންގެ ހިތުގައި މަތިވެރި ދަރަޖަ ލިބިފައިވާ ސެކިއުލާ ޤައުމުތަކަށް މަޖާކުރަން ދެއެވެ.

މުސްލިމުން ދެނެގަންވި ޙަޤީޤަތަކީ އެމީހުން ޚިލާފުގެ ވާހަކަ ބޮޑު ކޮށްގެން އެވާހަކަ ފަތުރާއިރު، ބަނގުރަލާއި އޫރުމަހާއި، ޖުވާއާއި،ރިބާއާއި، މިކަންކަމަށް އާނބަސް ބުނެގެން ލޯމަރާލައިގެން އެތިބެނީ މިކަންކަމުގެ ޙަރާމް ކަމާމެދު ޢިލްމުވެރިން ޚިލާފުވާތީހެއްޔެވެ؟ ފާޙިޝް ކަންކަމާއި މުންކަރާތަކަށް ވާގިދީ ހަދަނީ ހަމަ ޚިލާފު އޮތީމާ، ހަދަންވީ ގޮތެއް ނޭނގިގެން ބާވައެވެ؟ ޤިޞާޞް ހިފުމާއި، އެހެނިހެން ޙައްދުތަކާ ދެކޮޅުހަދަނީ ހަމަ ޚިލާފު އޮވެން ގޮތް ހުސްވެގެންބާވައެވެ؟ ވާރުތަ މުދާބެހުމަށް ޤުރްއާނުގައި ބަޔާންކުރައްވާފައި ގޮތަށް ޢަމަލު ނުކުރާން ފޫކަހަނީވެސް ހަމަ ޚިލާފުއޮތީމާހެއްޔެވެ؟ ނޫނެކެވެ. ފަހަރެއްގައިވެސް އެހެނެއް ނޫނެވެ. އެމީހުން ބޭނުންވަނީ އިސްލާމް ދީނާއި ދީނީ ޢިލްމުވެރިންނާ، މީހުން ދުރުކުރުމެވެ. ކަން މިހެންހުރިއިރު، ޚިލާފު އޮތީމާ ދީނީ ޢިލްމުވެރިން ދައްކަވާ ވާހަތައް އަޑުނާހާން ތިބޭ މީހުން، ހަތަރުދަމު ތިބެނީ ދެފަހަރު އެކައްޗެއް ނުކިޔާ ބައެއް ސިޔާސީ މީހުންގެ ވާހަތަކަށް އާވާރާވެފައެވެ. އެމީހުން ކިޔާ ކޮންމެ އެއްޗެއް ޤަބޫލުކޮށްގެންނެވެ. އެއީ އެމީހުން ޤަސްތުގައި ދޮގުހަދާކަން ތަކުރާރުކޮށް ކަށަވަރުވެ ތަޖުރިބާ ކުރެވިފައިވާއިރުވެސް މެއެވެ. ދެން، އެހުރިހާ ދޮގެއްގެ މަތީގައި އަޅާ ބޭސްގަނޑަކަށް ވެފައި އޮންނަނީ އެއީ ސިޔާސީ ގޮތުން ދެއްކިވާހަކައެއްކަމުގައި ބުނުމެވެ.

ހިތާމަކީ މި މީހުންގެ މިނުބައި ރޭވުމުގައި ދީނީ ޢިލްމަށް ނިސްބަތްވާ ބައެއް މީހުން ޖެހިފައިވާތީއެވެ. މިއަދު މި މަންޒަކަރީ އިސްލާމީ މުޖުތަމަޢުން ފެންނަމުންދާ މަންޒަރެކެވެ. ދީނީ ޢިލްމުވެރިޔަކު ފަރުޢީ މައްސަލަތަކުގެ ތެރެއިން ވަކި ކޮޅަކަށް ބުރަކުރާނޭ ޝަރުޢީ ދަލީލެއް ނެތް މައްސަލައެއްގައި ދެކޭގޮތަކުން އޭނާޔާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އޭނާއަކީ ބިދުޢަވެރިއެއްކަމާއި އޭނާގެ ދަރުސްތައް އެހުން ހުއްދަނުވާނެކަމަށް ބަޔާންކޮށް ފަތުވާ ދެނީ ހަމަ ދީނީ ޢިލްމަށް ނިސްބަތްވާ މީހުންނެވެ. ދެން މިތަކެތި މީސްތަކުންގެ ތެރޭގައި ފަތުރަނީ ސެކިއުލާ މީހުންނެވެ. މިފަދަ ވާހަކަތައް ލިޔެ ފަތުރާމީހުން، ހިތުން އެމީހުން ނަޞްރު އެދެނީ ދީނަށެވެ. ނަމަވެސް އެނަޞްރުދެނީ ދީނަކަށް ނޫނެވެ. އަދި ކިއެއްތަ އެއީ އިސްލާމީ މުޖުތަމަޢުގައި ސެކިއުލަރިޒަމް ފެތުރުމަށް ވާގިވެރިވުމެވެ. ދީނުގެ ޙުކުމްތަކާއި، އެޙުކުމްތައް މީސްތަކުންނަށް އުނގަންނައި ދެއްވަންތިބި މީހުންގެ އަގު ވައްޓާލުމަށް ސެކިއުލާ މީހުން ހިންގާ ޖަރީމާގައި ބައިވެރި ވުމެވެ.

ޙަޤީޤަތަކީ އިސްލާމްދީނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތަކުގެ ތެރެއިން ގިނަކަންކަމަކީ އެކަމުގައި އެއްވެސް ޚިލާފެއް ނުވާކަންކަމެވެ. ދީނުގެ އުޞޫލުތަކުގައި ޚިލާފެއްނުވެއެވެ. އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތަކާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތައްފަދަ ކަންކަމަކީ އެކަންކަން ކުރުމަށް ދީނުގައި އަންގަވާ ވާޖިބު ކުރައްވާފައިވާ ކަންކަމެވެ. އެކަމުގެ ވާޖިބު ކަމަކީ އެއްވެސް މީހަކު ދެބަސްވާ ކަންކަމެއް ނޫނެވެ.

އިސްލާމް ދީނަކީ ހުރިހާ ޒަމާނަކާއި ތަނަކަށް އެކަށީގެންވާ ގޮތަށް ﷲ ބާވައިލެއްވި ދީނެއްކަމުގައި ވީހިނދު އިންސާނުންގެ ތެރޭގައި އަލަށް އުފެދިގެން އަންނަ މައްސަލަތަކުގެ ޙުކުމް ހޯދުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ ޤިޔާސްކުރުމުގެ އުޞޫލުން ޢިލްމުވެރިން ކުރައްވާ އިޖުތިހާދުގައި، އެކި ޢިލްމުވެރިންގެ ވިސްނުންފުޅު ތަފާތު ވުމަކީ ޠަބީޢީ ކަމެކެވެ. 2 މީހަކަށް، ކަމެއް ވިސްނޭގޮތް ތަފާތު ވެދާނެއެވެ. މި ތަފާތަކީ ޚުދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އެކަން ހިގައި އެޚިލާފަށް އިޤުރާރުވެ ވަޑައިގެންފައިވާ ކަމެކެވެ. ނަމަވެސް އެތަފާތު އޮންނަޖެހޭނީ އޭގެ ދާއިރާގެ ތެރޭގައެވެ. އެއީ ކީރިތި ޤުރްއާނުގައި ނުވަތަ ސުންނަތުގައި ނުވަތަ އިޖުމާޢުގައި ސާފުކޮށް ވަކިގޮތެއް ކަނޑައަޅުއްވާފައި ނުވާކަންކަމުގައެވެ. މުސްލިމުންނަށް އޮތީ ދީނީ ޢިލްމުވެރިންގެ އަރިހުން ދީނުގެ ޙުކުމްތައް އަހައި ސާފުކުރުމެވެ. އެފަދަ ކަންކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެމީހަކަށް ބޮޑަށް އިތުބާރު ކުރެވޭ ބޭފުޅެއްގެ ބަސްފުޅަށް ޢަމަލު ކުރުމުން ފުދޭނެއެވެ. ޚިލާފީ މައްސަލައެއް ކަމުގައި ވިޔަސް އެކަމެއްގައި ވަކިކޮޅަކަށް ބުރަކުރާނެ ޝަރުޢީ ޞައްޙަ ދަލީލެއް އޮތްނަމަ ޚިލާފު ދޫކޮށް އެ ދަލީލަކަށް ޢަމަލު ކުރުން ވާޖިބުވާނެއެވެ. މިއީ ފަހަރެއްގައިވެސް ﷲ ޝަރީޢަތުގެ ޙުކުމްފުޅުތަކަށް ޢަމަލު ނުކުރުމަށް އޮތް ޙުއްޖަތަކަށް ހަދައިގެން ނުވާނެއެވެ. (ނުނިމޭ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...